ޝަރުޢީ ދާއިރާ

ނިހާންގެ ރޮލެކްސް ގަޑިއާއި އެޕާޓްމަންޓު ނަގައިދޭން ދައުލަތުން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރިޝްވަތުގެ ގޮތުގައި ނެންގެވިކަމަށް ތުހުމަތު ކޮށްފައިވާ ރޮލެކްސް ގަޑިއާއި، މަނީ ލޯންޑަރ ކޮށްގެން ގަނެފައިވާ ކަމަށް ތުހުމަތުކުރާ ޕްލެޓިނަމް އެޕާޓްމެންޓު ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.

Ads by STELCO

އެމްއެމްޕީއާރްސީގެ ޚިޔާނާތުން ނިހާނު މަންފާ ހޯދި ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ އޭނާގެ މައްޗަށް ހަ ދައުވާއެއް ކޮށްފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ލިބިގަތުމުގެ ކުށުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއެވެ. މި ދައުވާތައް އިއްވުމުން ނިހާނު ވަނީ އެ ކުށަށް އިންކާރު ކުރައްވައިފައެވެ.

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ މައްޗަށް އުފުލައިފައިވާ ދައުވާގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަންތަކެއްގެ މައްސަލައިގައި އޮޑިޓު ރިޕޯޓު ރައްޔިތުންގެ މާލިއްޔަތު ކޮމިޓީއަށް އެޖެންޑާކޮށްފައި ނުވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އޭނާއަށް އެގޮތަށް އަންގައިގެންނެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނިހާން އަދާކުރަން ޖެހޭ ޒިންމާތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު އަންގާ ގޮތަށް ޒިންމާ އަދާކުރުމުގެ މުގާބިލުގައި 650،000 ޑޮލަރު (ހަ ލައްކަ ފަންސާސް) ދީފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އަދީބު ނިހާނަށް ދެމުން ދިޔަ ފައިސާއަކީ ކުށްކޮށްގެން ހޯދައިފައިވާ ފައިސާކަން އެނގި ހުރެ، ނުވަތަ ޝައްކު ކުރެވޭ ހާލުގައި ވެސް އޭނާގެ އަތުން 150،000 ޑޮލަރު (އެއްލަކަ ފަންސާސް ހާސް)ގެ ޗެކަކާ އޭނާ ހަވާލުވީކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!