Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފިއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިނިސްޓަރ މަޙްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމުންނެވެ.

އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލަ މަހްލޫފްގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހާއި، އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެކަމަކު އޭރު އިސްތިއުނާފް މަޖިލިސް އޮތީ ހުހަށެވެ.

Advertisement
Ooredoo — Square (box)

އިސްތިއުނާފު މަޖިލީހަށް މިދިޔަ ހަފްތާގައި 9 މެންބަރަކު އައްޔަންކޮށް އެ މަޖިލީހުގެ ޗެއާއަށް އަނަސް އަބްދުއްސައްތާރު ކަނޑައެޅިއެވެ. މަހުލޫފް އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ވެސް ވަނީ އޭނާ އަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީއަށް އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް