Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސްގެ ދަތުރުފުޅާ ދިމާކޮށް މަޑުއްވަރީ މޮނިޓަރިންއިން ނެގުމުން އާދަމް ޝަރީފް ސުވާލު އުފައްދަވައިފި

ރައީސްގެ ދަތުރުފުޅާ ދިމާކޮށް މަޑުއްވަރީ މޮނިޓަރިންއިން ނެގުމުން އާދަމް ޝަރީފް ސުވާލު އުފައްދަވައިފި

ރައީސްގެ ދަތުރުފުޅާ ދިމާކޮށް މަޑުއްވަރީ މޮނިޓަރިންއިން ނެގުމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރ އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.

ޝަރީފް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ރ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީ މޮނިޓަރިންއިން ނެގުމާ ގުޅިގެން އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ހަތް ކޭސް ފެނިގެން މަޑުއްވަރީ މޮނިޓަރިންގައި އޮއްވާ، އިތުރު ދެ ވޭދަނަ އަދި އެ ރަށުން މާލެއަށް ދިޔަ މީހަކު ފައްސިވެފައިވަނިކޮށް، ކުއްލިއަކަށް ރަށް މޮނިޓަރިންއިން ނެގުމަކީ ބަލި އިތުރަށް ފެތުރިދާނެ ކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ޝަރީފް ވަނީ ކުއްލިއަކަށް މަޑުއްވަރީ މޮނިޓަރިންއިން ނެގުމާ ގުޅިގެން އެކަމާ ކަންބޮޑުވާ ކަމަށާއި އެކަމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްތޯ އެޗްޕީއޭއާ ސުވާލު ކުރައްވައިފައެވެ.

https://twitter.com/adamshareefz/status/1435291635324108808?s=21

މަޑުއްވަރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ރަށް މޮނިޓަރިންއަށް ލެވިފައި ވަނީ އޮގަސްޓު 30ވަނަ ދުވަހު އެ ރަށުން ފައްސިވި 2 މީހުންނާ ގާތުން އެއްތާވި 5 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް