އިޖުތިމާޢީ

ނައްސި ޕީސީއާރަކާ ނުލައި މިހާރު 35 ރަށަކަށް ދަތުރު ކުރެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދަތުރުވެރިން / ފޮޓޯ: ދެން އިމޭޖްސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި އިތުރު ހަތް ރަށަކާ އެކު ޕީސީއާރު ނައްސި ނަތީޖާއަކާ ނުލައި ޖުމްލަ 35 ރަށަކަށް މިހާރު ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރުނު މާލެއިން އެހެން ރަށްރަށަށް ދަތުރު ކުރާއިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ކުރިން ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް އެ ބަލިން ދިފާއުވުމަށް ވެކްސިން ޖަހަން ފެށުމަށް ފަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާނަމަ ކަރަންޓީނު ވުމަކާ ނުލައި ރަށްރަށަށް ދަތުރު ކުރެވެއެވެ. އެގޮތަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރް ނަތީޖާއަކާ އެކު ކަމަށް ވެސް ކަނޑައެޅިއެވެ. ނަމަވެސް މި ހިނގާ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އެޗްޕީއޭއިން އުސޫލު ބަދަލުކުރިއެވެ.

އެޗްޕީއޭއިން ވަނީ ވެކްސިންގެ އެ އުސޫލުތަކަށް ފެތޭ އިތުރު ހަތް ރަށަކާ އެކު ޖުމުލަ 35 ރަށެއްގެ ލިސްޓެއް މިހާރު އާންމުކޮށްފައެވެ.

ޕީސީއާރް ނައްސި ނަތީޖާއާ ނުލައި ދަތުރު ކުރެވޭނެ ރަށްތައް:

▪︎ ހއ. އުލިގަމު
▪︎ ހއ. މުރައިދޫ
▪︎ ހދ. ނެއްލައިދޫ
▪︎ ހދ. ކުމުންދޫ
▪︎ ނ. މަނަދޫ
▪︎ ނ. މަގޫދޫ
▪︎ ނ. މާޅެންދޫ
▪︎ ރ. މީދޫ
▪︎ ރ. އަލިފުށި
▪︎ ބ. ފެހެންދޫ
▪︎ ބ. ފުޅަދޫ
▪︎ ބ. ކިހާދޫ
▪︎ ބ. އޭދަފުށި
▪︎ ބ. މާޅޮސް
▪︎ ބ. ކަމަދޫ
▪︎ ކ. ގުޅި
▪︎ ކ. ހުރާ
▪︎ ކ. ގާފަރު
▪︎ އއ. މަތިވެރި
▪︎ އއ. ރަސްދޫ
▪︎ އދ. ދިގުރަށް
▪︎ ވ. ރަކީދޫ
▪︎ ވ. ފެލިދޫ
▪︎ ވ. ކެޔޮދޫ
▪︎ ވ. ފުލިދޫ
▪︎ މ. ކޮޅުފުށި
▪︎ މ. ނާލާފުށި
▪︎ ފ. މަގޫދޫ
▪︎ ފ. ދަރަނބޫދޫ
▪︎ ފ. ފީއަލި
▪︎ ދ. ބަނޑިދޫ
▪︎ ލ. ހިތަދޫ
▪︎ ގއ. ދެއްވަދޫ
▪︎ ގއ. ނިލަންދޫ
▪︎ ގދ. ރަތަފަންދޫ

ސަރުކާރުން އަމާޒު ކުރީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ކޮވިޑަށް ވެކްސިން ދީ، ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެ އަމާޒު ސަރުކާރަށް ވަނީ ހާސިލު ނުކުރެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!