Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއް ރައީސް ޔާމީން ނުކުރައްވާ: އަދުރޭ

ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއް ރައީސް ޔާމީން ނުކުރައްވާ: އަދުރޭ

ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުކުރައްވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު މާލޭގައި "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައި ހިތްވަރު ދެއްވުމާ ގުޅިގެން އެމަނިކުފާނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނުމާ ގުޅިގެންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުޑަ ދޮރުން ބޭރުން އިހުތިޖާޖުގެ ބައިވެރިންނަށް ފެނިލައްވައި ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވެސް ވިހުރުވައިލައިފައެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޔާމީންގެ އެ ޢަމަލާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ރައީސް ޔާމީން މިއަދު ޢަމަލު ކުރެއްވީ ގޭ ބަންދު ކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ސީޕީ އަޙުމަދު މުޙައްމަދުފުޅުގެ އެ ނިންމުމާ ގުޅިގެން އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޤާނޫނާއި ޤަވާއިދާ ޚިލާފު ކަމެއް ނުކުރައްވާ ކަމަށެވެ.

"ގޭ ބަންދުގެ އިޤްރާރާ ޚިލާފު ކަމެއް ވެސް ނުކުރައްވާ. އިންސާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމް ނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ނުހެއްދެވުމަށް ސަރުކާރަށް ގޮވަައިލަން" އަދުރޭ ވިދާޅުވިއެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޯލިޝަނުން ފުރަތަމަ ނިންމީ ސުލްޙަވެރި ހިނގާލުމެއް ބޭއްވުމަށެވެ. ނަމަވެސް ކާނިވާ ސަރަޙައްދުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ އެ ހިނގާލުމަށް ހުރަސް އަޅައިފައެވެ. އެހެންކަމުން އެ ހިނގައިލުން ފަހުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް