Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިންޑިއާ ސިފައިން ބާލަން ރައީސް ޔާމީނަށް ނުކެރުނަސް އަޅުގަނޑަށް ކެރޭނެ: އުމަރު ނަސީރު

އިންޑިއާ ސިފައިން ބާލަން ރައީސް ޔާމީނަށް ނުކެރުނަސް އަޅުގަނޑަށް ކެރޭނެ: އުމަރު ނަސީރު

ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިން ބާލަން ކެރިވަޑައިނުގަތް ނަމަވެސް އެ މީހުން ރާއްޖެއިން ބާލަން ކެރިވަޑައިގަންނަވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް"އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު މިއަދު ވިދާޅުވީ މި ގައުމުގައި އަމާންކަން ގާއިމް ކުރައްވާނީ އެމަނިކުފާނު ކަމަށާއި މިއަދު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނީ ވެސް އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ ރައީސް ޔާމީނަށް އިންޑިއާ ސިފައިން ނުބޭލުނަސް އަޅުގަނޑަށް ބޭލޭނެކަން. އެއީ އަޅުގަނޑަށް ކެރޭނެ ހަަމަ އަޅަންވާ ކޮންމެ ފިޔަވަޅެއް ވެސް އަޅަން." އުމަރު ނަސީރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އުމަރު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ބާލަން ރައީސް ޔާމީން ގަސްތުކުރެއްވިއިރު އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ފިތި ބާރުވެފައި ކަމަށާއި ރައީސް ޔާމީނަށް އެތައް "މިސްޓޭކެއް" ހެއްދެވިފައިވާ ކަމަށެވެ. އަދި މިހާރު ރިޔާސީ އިންތިހާބު ކައިރިވެފައިވާ އިރު ވެސް ރައީސް ޔާމީން ހުންނެވީ "އަތް ބަނދެވިފައި" ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް