Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ވެރިކަމަށް ކުފޫހަމަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: އަދުރޭ

ވެރިކަމަށް ކުފޫހަމަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: އަދުރޭ

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކަތްތެރިވާ ބޭފުޅުންގެ ތެރެއިން ވެރިކަމަށް ކުފޫ ހަމަވާ ހަމައެކަނި މީހަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ވެރިކަން ކުރުމަކީ ކަންނެތް މީހުންނަށް ވާނޭ ކަމެއްނޫން ކަމަށާއި ރައީސް ޔާމީނަކީ ކަންނެތް މީހެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެން އަދުރޭ ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަނުވެގެން އެކަމުގެ ހިތްހަމަނުޖެހުން ރައީސް ޔާމީނަށް ބޭލުމަކީ އެންމެ ބުއްދިވެރި ކަމެއް ނޫން ކަމަށާއި ޕާޓީއެއް ހަދަންވާނީ އަމިއްލައަށް އެކަން ކުރެވޭނެކަމުގެ ގާބިލްކަން ހުރެގެން ކަމަށެވެ.

Advertisement
HDC — Sidebar (box)

“ޕާޓީއަށް މެމްބަރުން ހަމަނުވެގެން އެކަމުގެ ހިތްހަމަނުޖެހުން ރައީސް ޔާމީނަށް ބޭލުމަކީ އެންމެ ބުއްދިވެރި ކަމެއް ނޫން. ޕާޓީއެއް ހަދަންވާނީ އަމިއްލައަށް އެކަން ކުރެވޭނެކަމުގެ ގާބިލްކަން ހުރެގެން” އަދުރޭ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާތަނަށް ކުރެވުނު ތަޖުރިބާގައި ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. އަދި ޔާމީން އަރިހުގައި މަސައްކަތް ނުކުރާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް