Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި ބޮމެއް ގޮއްވައިލާނެކަމުގެ އިންޒާރު ދީފި

ރާއްޖޭގައި ބޮމެއް ގޮއްވައިލާނެކަމުގެ އިންޒާރު ދީފި

ރާއްޖޭގައި އަނެއްކާ ވެސް ބޮމެއް ގޮއްވައިލާނެކަމުގެ އިންޒާރު ދީފިއެވެ.

އެނގިފައިވާ ގޮތުގައި ބޮމެއް ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރުގެ މެސެޖެއް ލިޔެފައި ވަނީ މާލޭގައި ހުންނަ ނޫރު މިސްކިތުގެ މަތީ ފަންގިފިލާގައި ހުރި ތަނބެއްގައެވެ.

އެ އިންޒާރުގައި ލިޔެފައި ވަނީ "މިތަނުގައި ގަދަވާނީ ބަންގާޅީންގެ ބާރު" ކަމަށާއި ހަދާނީ އެމީހުން ބޭނުން ގޮތެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ވަރަށް އަވަހަށް ބޮމެއް ގޮއްވައިލާނަން. ދިވެހި ޤައުމު ސުންނާފަތި ކޮށްލާނަން" އެ އިންޒާރުގައި ލިޔެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ބޮމެއް ގޮއްވައިލާނެކަމުގެ އިންޒާރެއް ދީފައިވާކަން މިއަދު ފެންމަތިވެފައިވުމުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް މި އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް، އެއްޗެއް ގޮއްވައިލައިގެން ދިން ހަމަލާއަށް ފަހު، މިފަދަ ޢަމަލެއް ރާއްޖޭގައި އަނެއްކާ ވެސް ހިނގައިފާނެތީ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް