Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝުމްބާ ހައްޔަރު ކުރި މައްސަލައިގައި ދައުވާ އުފުލައި ދިނުމަށް އެދިއްޖެ

ޝުމްބާ ހައްޔަރު ކުރި މައްސަލައިގައި ދައުވާ އުފުލައި ދިނުމަށް އެދިއްޖެ

އަވައްޓެރި ޝްރީލަންކާގައި ހުއްޓައި ،މީސް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރު ކުރި މައްސަލަ ބަލައިދޭން ހުށަހަޅައިފިއެވެ.

ޝުމްބާގެ ޤާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޅ.ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ) ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު އޮމްބަޑްސްޕާސަންސް އޮފީސް ފޮ ޓްރާންސިޝަނަލް ޖަސްޓިސްއަށް ހުށަހަޅައިފައިވާ ކަމަށެވެ.

ޝުމްބާ ހައްޔަރު ކޮށްފައި ވަނީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުގައެވެ. ޝުމްބާ ތުހުމަތުކޮށްފައި ވަނީ އޭނާގެ ހައްޔަރަކީ ލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން ހިންގައިފައިވާ ޣައިރުޤާނޫނީ އަމަލެކެވެ.

Advertisement
HDC — Sidebar (box)

މި އަމަލު ހިންގުމުގައި ލަންކާގެ އިމިގްރޭޝަންގެ މުވައްޒަފުން ވެސް ބައިވެރިވި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ޝުމްބާ ހައްޔަރު ކުރި މި މައްސަލައިގައި ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވެރިކަމުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަަށް ދައުވާ އުފުލައި ދިނުމަށާއި ދައުލަތުން ޝުމްބާ ގާތު މާފަށް އެދެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް