ގަމުގައި އޮންނަ،ރައީސް ނަޝީދުގެ ގޯތީގެ ނަން ބަދަލު ކުރަން އެދިއްޖެ

ލ. ގަމުގައި އޮންނަ ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގޯތީގެ ނަން ބަދަލުކުރުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.
ގަމުގައި އޮންނަ އެމަނިކުފާނުގެ ގޯއްޗަށް ކިޔަން ހުށަހެޅުއްވީ "ކުރުހިންނަ"އެވެ. ނަމަވެސް ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ސޮއި ކުރައްވައޮ ރައީސް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ގޯއްޗަށް ކިޔުއްވުމަށް ޓަކައި ކައުންސިލަށް ހުށަހެޅުއްވި ނަމަކީ އެ ރަށުގެ އެއްވެސް ތަނަކަށް ނުކިޔޭ ގޮތަށް ކައުންސިލުން ކުރިން ފާސްކޮށްފައިވާ ނަމެއް ކަމަށެވެ.
ކައުންސިލުން ފޮނުވި އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ އެ ނަމަކީ އެ ރަށުގެ ވަކި ހާއްސަ ސަރަހައްދަކަށް ޒަމާނުއްސުރެ ކިޔަމުން އަންނަ ނަމެއް ކަމަށެވެ. އަދި "ކުރުހިންނަ" ނަމުގައި އެ ސަރަހައްދު ވަރުވާއަަށް ވެސް ލިޔެދެމުން ގޮސްފައިވާކަމަށް ދަންނަވައިފައި ވެއެވެ.
އެ ގެއަށް "ކުރިހިންނަ" ނުކިޔޭނެ ކަމަށް ކައުންސިލުން އިއްޔެ އެންގުމުން، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ އެގޮތުން ނާޒިމް ވިދާޅުވީ މާލޭގައި ވެސް ގޭގެއަށް އަވަށެއް ނުވަތަ ސަރަހައްދެއްގެ ނަމުން ނަން ދީފައި ހުންނަކަމަށެވެ.







ކޮމެންޓް