Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ މިނިސްޓަރަކު ހުރިނަމަ ފިޔަވަޅު އެޅުން،މިހާރަށް ވުރެ ހަރުދަނާ ވާނެ: ރާއީ

ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ މިނިސްޓަރަކު ހުރިނަމަ ފިޔަވަޅު އެޅުން،މިހާރަށް ވުރެ ހަރުދަނާ ވާނެ: ރާއީ

މި ސަރުކާރުގެ މިނިސްޓަރުންގެ ތެރޭގައި ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ވެރިކަންކުރާ އެމްޑީޕީގެ މިނިސްޓަރަކު ހުރި ނަމަ، ފިޔަވަޅު އެޅުން މިހާރަށް ވުރެ ހަރުދަނާ ވާނެކަމަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ރޭ ގައިދީއަކު ނިޔާވުމާ ގުޅިގެން، މިއަދު މަޖިލީހަށް ވެއްދި ކުއްލި މައްސަލައިގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީއަކީ ނުހައްގުން ހިނގާ މަރުތަކާއި އިންސާފުން ބޭރުން ހިނގާ އެންމެހައި ކަންކަމަށް އެންމެ ހަރު އަޑުން ވަކާލާތު ކުރާ ޕާޓީކަމަށާއި އެކަން އެގޮތަށް އޮތްކަމުގައިވީ ނަމަވެސް އެމްޑީޕީގެ މިނިސްޓަރެއް އެ މަގާމުގައި ހުރުން މުހިންމު ކަމަށެވެ.

އެމްޑީޕީގެ މިނިސްޓަރަކު ހޯމް މިނިސްޓަރުކަމުގައި ހުރުމަކީ ވަރަށް ދެކެން ބޭނުންވި ދުވަހެއް ކަމަށާއި އޭރުން މިފަދަ މައްސަލަތައް ކުރިއަށްދާ މިންވަރަށް ވުރެ މާ ރަނގަޅަށް ކުރިއަށް ދެވޭނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"މި ސަރުކާރުގައި ވެސް ޖަލުތެރޭ ގޯސްކޮށް ބައެއް ކަންކަން ހިނގަމުން އެބަދޭ" ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ވެއްދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޖަލުތަކުގައި ހިނގައިިދިޔަ މަރުތަކާ ގުޅިގެން އާދަމް ޝަރީފު އުމަރުގެ އެއްވެސް ބަހެއް ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ވިދާޅުވެފައި ނުވާކަމަށް ރާއީ  ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް