Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގަމު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެއްޖެ

ގަމު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެއްޖެ

އަލާމާތް ހުރެގެން ލ. ގަމުން ޑަކްޓަރަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

“ދެން”އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ ގަމުން ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

އޭނާ ޑޮކްޓަރަށް ދައްކާފައި ވަނީ އިއްޔެއެވެ. އެމީހާ ފައްސިވުމާ ގުޅިގެން ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް މިހާލަތުގައި ފަރުވާ ކުޑަކޮށްނުލުމަށް ސިއްހީ މާހިރުން ދަނީ ލަފާ ދެމުންނެވެ. އަދި ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް ފަރުވާ ކުޑަކޮށްފި ނަމަ އިތުރު ރާޅެއް އަރާނެ ކަމުގެ ބިރު އެބައޮތް ކަަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް