Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިލެކްޝަންސް ކޮމިޝަންސްގެ ރައީސަކަށް އަނެއްކާ ވެސް ފުއާދު ތައުފީޤް!

އިލެކްޝަންސް ކޮމިޝަންސްގެ ރައީސަކަށް އަނެއްކާ ވެސް ފުއާދު ތައުފީޤް!

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމަށް ފުއާދު ތައުފީޤް އިންތިޚާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ރައީސްގެ މަޤާމަށް ފުއާދު އިންތިޚާބުވެފައި ވަނީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކަމަށެވެ. ރައީސްކަމަށް ފުއާދު އިންތިޚާބުކޮށްފައި ވަނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފް އެ މަޤާމުން އިސްތިއުފާ ދެއްވުމާ އެކު، ރައީސްގެ މަޤާމް ހުސްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ފުއާދު އިންތިޚާބުވެ ވަޑައިގަތް މިއީ ދެވަނަ ފަހަރެވެ. ފުއާދަކީ 2013ގެ ރިޔާސީ އިންތިހާބު ބޭއްވިއިރު، އެ ކޮމިޝަންގެ ރައީސެވެ. އޭނާ އީސީން ވަކިކުރީ ސްޕްރީމް ކޯޓުން އަމިއްލަ އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހުއެވެ. އޭނާ ވަނީ އޭގެ ފަހުން މަޖިލިސް އިންތިޚާބުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރައްވައިފައެވެ. އެހެން ނަމަވެސް އެފަހަރު ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގަތެވެ.

Advertisement
Allied Insurance — Square (box)

ދެވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނަށް ފުއާދު އައްޔަން ކުރައްވައިފައި ވަނީ 2019ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ. މަޖިލީހުގެ 70 މެންބަރުންގެ ވޯޓުން ފުއާދަށް އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ރުހުން އޭރު ވަނީ ލިބިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް