Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދުރޭ ގާސިމްއަށް: ޑިމޮކްރެސީ ގެނައި ކަމަށް ދައުވާކުރާއިރު ގައުމު އަޅުވެތިކަމަށް ދީއްލާލައިގެން ހަނު ހުންނަވަނީ ކީއްވެތޯ؟

އަދުރޭ ގާސިމްއަށް: ޑިމޮކްރެސީ ގެނައި ކަމަށް ދައުވާކުރާއިރު ގައުމު އަޅުވެތިކަމަށް ދީއްލާލައިގެން ހަނު ހުންނަވަނީ ކީއްވެތޯ؟

ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ޖާނާއި މާލުން ޤުރުބާންވެގެން ކަމަށާއި، ޑިމޮކްރަސީ ގެނެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލި ރައްޔިތުން ބިކަވެފައިވާ ކަމަށާއި ނަމަވެސް ޑިމޮކްރަސީ ގެންނަން ހޭބޯނާރާ މަސައްކަތް ކުރެއްވި ކަމަށް ދައުވާ ކުރައްވާ ބޭފުޅުންގެ ހިލަމެއް ވެސް ނެތް ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ތިމަންނަމެންނޭ މި ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ބުރަ މަސައްކަތެއް ކުރީ، ބައެއް ބޭފުޅުން އެބަ ދައުވާ ކުރައްވާ ތިމަންނަމެންނޭ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ހެޔޮ އެދެނީ. ތިމަންނަމެންނޭ މި ގައުމު ދެކެ އެންމެ ލޯބިވަނީ. ބުނާއިރު މި ދެންނެވީ މި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާއިރު، މި ރާއްޖެ އަޅުވެތިވަމުންދާއިރު، މި ރާއްޖޭގެ ހަރު މުދާތައް ގެއްލިގެންދާއިރު، އަޅުގަނޑުމެންގެ އަނބިދަރިން ނުކައި ބަނޑަށް މަރުވަމުންދާއިރު، އަޅުގަނޑުމެންގެ ޒުވާނުން މަގުމަތިވަމުންދާއިރު، ކޮބައިތޯ އެބޭފުޅުން ނުކުމެ ވިދާޅުވި ބަސްފުޅެއް؟" އަދުރޭ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޤައުމިއްޔަތުވަންތަކަން އަބަދުވެސް އިސްކުރައްވާ ކަމަށާއި މަވެތިކަން ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ އަދުރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ނުރައްކާ ހުރި އެއްބަސްވުންތައް ވެސް އެމްޑީޕީ ކޯލިޝަން ސަރުކާރުން ހަދާ ނިންމިއިރު ވެސް ގައުމިއްޔަތުވަންތަ ކަމަށް ދައުވާ ކުރެއްވި ބޭފުޅުން ހަމަ އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ތިއްބެވީ ހަނު ކަމަށެވެ. އެއީ ގައުމިއްޔަތުވަންތަކަން ހިތުގައި އޮތް މިންވަރުގެ ބޮޑުކަމުންތޯ އައްސަވާ އަދުރޭ ގާސިމްއަށް ސުވާލެއް ވެސް އަމާޒުކުރެއްވިއެވެ.

ބެލެވޭ ގޮތުގައި އަދުރޭ އިޝާރާތް ކުރައްވައިފައި ވަނީ އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަމުންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި އަދި ބޭރު ގައުމެއްގެ ސިފައިން މި ގައުމުގައި ތިބުމުން އެކަމުގެ ކަންބޮޑުވުމަށެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިންތިހާއަށް ފޯރަމުންދާކަމަށް މިހާރު ގިނަ ދިވެހިން ދަނީ ބުނަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް