ޚަބަރު ސިޔާސީ

އުނަގަނޑުގައި ރިއްސާތީ ޝަރީއަތް ކުރުކޮށްދޭން އެދުމުން އެކަން ނުކޮށްދިން

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި

އުނަގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުން ގިނައިރު އިށީނދެ އިންނަވަން ދަތިފުޅުކަމަށާއި ޝަރީއަތް ކުރު ކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތް ނަމަވެސް އެ ގޮތަށް ކުރިއަށް ނުގެންގޮސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

Ads by MWSC

މިއަދު ސުޕްރީމް ކޯޓުގައި ކުރިޔަށްދާ އަޑުއެހުމުގައި ޔާމީން ވަނީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާއި 2 ގަޑިއިރު ވަންދެން ގޮނޑިއެއްގައި އިންނަވަން ވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00އިން މެންދުރު 12:00އަށް ޝަރީއަތް ގެންގޮސްދިނުމަށް އެދިފައެވެ. މިއަދުގެ ޝަރީއަތް މެންދުރު 12:00 ޖަހަން ދެން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދު މެންދުރު ފަހު 13:30ގައި އޮންނާނެއެވެ. އަދި އެ އަޑުއެހުން ހަވީރު 15:00އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދު ހެނދުނު ދަންފަޅިއަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލިސް 12:00އާ ހަމަޔަށް ނިންމައިލި ނަމަވެސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް ޝަރީއަތް ގެންދަން ނިންމައިފައިވާ ކަމަށާއި އިތުރު އަޑުއެހުމެއް މިއަދު ހަމަ ކުރިން ރޭވި ގޮތަށް އޮންނާނެ ކަމަށެވެ.

ޔާމީނުގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

މި މައްސަލައިގެ އިތުރުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ.

Ads by Ooredoo
  1. ހުސެންދީދީ

    ތެޔ ކޯޓަށ ގިނޭއްވ ފަށްޖެހ އެނދަކަށ ލާގެން