ޚަބަރު

ފިޔަވަތީގެ ހާލަތު ނައިބު ރައީސް ބައްލަވައިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަަށް ޒިޔާރަތްކުރައްވައި އެތާގެ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި މިނިސްޓަރ އޮފް ހޯމް އެފެއަރސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

‎މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސްގެ ޓީމަކުން ދަނީ މިކަމާ ގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރު ވެސް ކުރަމުންނެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންނެވެ.

ނައިބު ފައިޞަލް ނަސީމް ވަނީ، ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާ ގުޅިގެން އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!