ސިޔާސީ

ޚާއްސަ އަޅައިލުމާއި ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ މިނިސްޓްރީ އޮތް ހާލު ފެނޭ: އަލީ ވަހީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުމުން ޖެންޑާ މިނިސްޓްރީ އޮތް ހާލު ފެންނަ ކަމަށް ޖިންސީ ގޯނާއާއި ރޭޕްކުރި ކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިވަގުތު އިނގިރޭސިވިލާތުގެ ޖަލެއްގައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ އަލީ ވަހީދު ސަރުކާރަށް ފާޑު ވިދާޅުވަމުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރުގެ ޖެންޑާ މިނިސްޓަރާ އެކު މުޅި އެ މިނިސްޓްރީ އޮތީ ބޮއްސުންލައިފައި ކަމަށެވެ.

"މަޤާމުން ވަކިކޮށް ވަކިން ޚާއްސަކޮށް ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭ. ޚާއްސަ އަޅާލުމާއި ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާ އޮތް ހާލު ފެނޭ!" އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު މިފަދައިން ޓްވީޓު ކުރައްވައިފައި ވަނީ، ހުޅުމާލޭ ފިޔަވަތީގައި ތިބި ކުޑަ ކުދިންތަކެއް މިދިޔަ ހުކުރު ދުވަހުގެ ރޭ އެތަނުގައި ހަމަނުޖެހުން ހިންގައި، އެތަނުގައި އަޑުގަދަ ކޮށް، ބިއްލޫރިތައް ތަޅައިލައި އަދި ފިޔަވަތީގައި ރޯކޮށްލި މައްސަލައާ ގުޅިގެންނެވެ. މި މައްސަލަ ޖެންޑާ މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ.

Ads by Allied Insurance
  1. ހާސިންޖީ

    އައްޔާ ކަލޭ ކޮންބޭކާރު ވާހަކަ އެއް ކުއްވެރިވީމާ އެހެންމީހުންގެ ސަމާލުކަންހޯދައި ވެށިތަޢައްޔަރު ކުރަން ނޫޅޭ ކަލެޔަކީ ޖިންސީ އަނިޔާވެރި އެއް ނޫސްވެރިންވެސް މިކަހަލަ ނުަބައި ނުލަފާ މީހުްގެ ބާހަކަތައް ނޫސްމަޖައްލާތަކުން ޖާގަ ނުދިނުމަށް ގޮވާލަން ކުއްވެރިން ހިމާޔަތް ނުކުރަޭ
    ކުއްވެރިންނަށް ހައްޤް އަދަބުދޭންޖެހޭ