ލައިސެންސަކާ ނުލާ ބަނގްލަދޭޝް މީހުންނަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފި
އިތުރު ލައިސަންސެއް ނުހޯދައި، 90 ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރެވޭ ޤައުމުތަކުގެ ލިސްޓަށް ބަނގްލަދޭޝް އިތުރުކޮށްފިއެވެ.
މިއަދު ގަޒެޓްކުރި އިއުލާނެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ވިދާޅުވީ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)އަށް ގެނެވުނު 4 ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ)ގެ ދަށުން އެ މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ޤާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، (90) ނުވަދިހަ ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެ ޤައުމުތަކުގެ ލިސްޓަށް ބަނގްލަދޭޝް އިތުރުކޮށްފައިވާ ކަމަށެވެ.
މިހާރު 25 ޤައުމެއްގެ ރައްޔިތުންނަށް މި ޚިދުމަތް ލިބެއެވެ. އެއީ ސާކް ސަރަހައްދުގެ އަފްޣާނިސްތާނާއި ބޫޓާނާއި އިންޑިޔާއާއި ނޭޕާލާއި ޕާކިސްތާނާއި ސްރީލަންކާގެ އިތުރުން ބުރުނައީއާއި ކެމްބޯޑިއާއާއި އިންޑޮނީޝިއާއާއި ލާއޯސްއާއި މެލޭޝިއާއާއި މިޔަންމާއާއި ފިލިޕީންސްއާއި ސިންގަޕޫރާއި ތައިލެންޑްއާއި ވިއެޓްނާމްއާއި ޖަޕާންއާއި ޔުނައިޓެޑް ކިންގްޑޮމްއާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ޗައިނާ އާއިޔުނައިޓެޑް އެރެބް އެމިރެޓްސްއާއި ސްވިޓްޒާލެންޑާއި ސައުދީ އަރަބިޔާއާއި ބެލްޖިއަމް އަދި ޖަރުމަނީއެވެ.
ރާއްޖޭގައި އެންމެ ގިނަައިން މަސައްކަތުގެ މީހުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ބަނގްލަދޭޝް މީހުންނެވެ. މީގެ ތެރޭގައި ވަގަށް ރާއްޖެ އެތެރެވެގެން މަސައްކަތް ކުރަމުން އަންނަ ގިނަ ބަޔަކު ވެސް އުޅެއެވެ.
އަމާ ބުނީތީ ފަރަށްދާހެން ދޯ ޚަބަރު ލިޔެފަ މިއޮތީ. ލައިސަންސް ނެތި އެއްވެސް ބަޔަކަށް ނުދުއްވޭނެ. އެ މީހުން އަތުގައި ވެސް އޮންނަންޖެހޭ ލައިސަންސްއެއް. އެ ލައިސަންސް ރާއްޖެ އިން ވެސް ގަބޫލްކުރަނީ. މިސާލަކަށް ޅ. ނައިފަރު ކަހަލަ ރަށެއްގައި ލައިސަންސް ނަގައިގެން އައިސް މާލެ ކަހަލަ ހަލަބޮލި ތަނެއްގައި ދުއްވުމުގެ ލައިސަންސް ލިބޭ ގޮތަށް. ރާއްޖެ އިން ގަބޫލްކުރާ ލައިސަންސްތަކެއް ކަނޑައެޅީ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެހެން. ކޮންމެ ތަނަކުން ލައިސަންސް ނެގިޔަސް ލައިސަންސް ދެނީ ދުއްވަން އެނގެންޏާ ދޯ.
ތިޔަ 90 ދުވަސް ހަމަ ނުވާނެ 2 އަހަރު ވިއަސް.