ޚަބަރު

ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ކޮޅުވެެއްޓިއެއް ބަނޑުން ޖަހައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ ސިމެންތި ބަރުކޮށްގެން މި ކޮޅުވެއްޓި ދަތުރުކޮށްފައި ވަނީ ކ.މާލެއިން ފުރައިގެން ޅ.މާބިންހުރައަށް ކަމަށެވެ. 35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހައިލިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައި ވަނީ ދަންވަރު 02:45 ހާއިރުއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހައިލައިފައި ވަނީ ޅ.މާފިލާފުށި ކައިރިން ކަމަށާއި ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. އަދި މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްޑީއެފުން ވިދާޅުވިއެވެ.

މާލެއިން ޅ.މާބިންހުރާއަށް 2 ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި ތިބީ ބަނގްލަދޭޝްގެ 3 ފަޅުވެރިންނާ ދިވެއްސެއް ކަމަށާއި މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

  1. ސައީދު

    އެހެންނުވާނީ… 35 ފޫޓުގެ ކޮޅުވެއްޓިއަކަށް 02 ކޮންޓެއިނަރގެ ސިމެންތި ބަރުކޮށް ނިމޭއިރުވެސް އޮންނާނި އަޑިއަށް ގޮއްސަ. ކޮސް ހަބަރު

  2. މުމްތާޒް

    35 ފޫޓް ވީމަ ކޮންޓެއިނަރ ފެނުނަސް ބިރުން އަޑިއަށް ދާނެ…..