Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޮންޑުގައި ތިބި މުވައްޒަފުންނަށް އިދާރާ ބަދަލުކުރަން ފުރުސަތު ދީފި

ބޮންޑުގައި ތިބި މުވައްޒަފުންނަށް އިދާރާ ބަދަލުކުރަން ފުރުސަތު ދީފި

ސިވިލް ސާވިސްއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވިފައި ތިބި މުވައްޒަފުން ބޭނުންވާ ނަމަ ދައުލަތުގެ އެހެން އިދާރާތަކަށް ބަދަލުވުމަށް ފުރުސަތު ދޭން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިފަދައިން ވިދާޅުވެފައި ވަނީ ސިވިލް ސާވިސްގެ މުސާރަތައް ބޮޑު ކުރުމަށް ގޮވައިލައި ސިވިލް ސާވިސްގެ މުވައްޒަފުން ހިމޭން އިހްތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް އެއްބަސްވެ، ބޮންޑު ކުރެވިގެން ކޯސްތަކަށާއި، ތަމްރީނުތަކަށް ފޮނުވާ ސިވިލް ސަރވިސްގެ މުވައްޒަފުން، ސިވިލް ސަރވިސްގައި އެ މުވައްޒަފު ހުރި މަޤާމުން ވަކިވެ، ސިވިލް ސަރވިސް ނޫން ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް ބަދަލުވާން އެދޭ ހާލަތުގައި، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން އިޢުތިރާޟުނުކުރާ ނަމަ، ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާއަކަށް އެފަދަ މުވައްޒަފަކަށް ބަދަލުވެވިދާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ކޮމިޝަނުން ވިދާޅުވީ މުވައްޒަފު އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެ، ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުވާއިރު، ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތަށް ޚިދުމަތް ކުރުމަށް ބޮންޑު ބަދަލުކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް