ބޮލީވުޑް މުނިފޫހިފިލުވުން

ޝިލްޕާގެ ފިރިމީހާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ދެ މަހެއްހާ ދުވަސް ފަހުން، ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލައިފިއެވެ.

Ads by STELCO

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކޮށްފައި ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖް ކަފާލާތުގެ ދަށުން މުމްބާއީ ހައި ކޯޓުން ދޫކޮށްލީ ކަފާލާފަށް 50،000 ރުޕީސް ބަހައްޓައިފައެވެ.

މިކަމުގައި ރާޖްގެ އަންހެނުން އަދި މަޝްހޫރު ބަޠަލާ ޝިލްޕާ ޝެޓީގެ އެއްވެސް އަތެއްވޭތޯ މުމްބާއި ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ ދެ ފަހަރެއްގެ މަތިން ޝިލްޕާއާ ވެސް ގިނަ ސުވާލުތަކެއް ކޮށްފައެވެ. ނަމަވެސް ޝިލްޕާއާ ދެކޮޅަށް މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައެއް ނުވެއެވެ. ރާޖްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި ޝިލްޕާ ވެސް ރާޖްއަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައިވާއިރު އެ މައްސަލައިގައި ދީފައިވާ ބަޔާނުގައި ޝިލްޕާ ބުނެފައި ވަނީ ރާޖް އެފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.

ރާޖް ހައްޔަރުކުރި ފަހުން ޝިލްޕާ ވަނީ މިޑިއާތަކާ ދުރަށް ގޮސް އޭނާގެ ގިނަ މަސައްކަތްތަކެއް ވެސް މަޑުޖައްސައިލައިފައެވެ. އޭގެ ތެރޭގައި އޭނާ ޖަޖުކަން ކުރަމުންދިޔަ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް" ޗެޕްޓަރ 4ގެ ޝޫޓިންތަކުގައި ބައިވެރިވުން ވެސް ޝިލްޕާ ވަނީ ވަގުތީ ގޮތުން މެދުކަނޑައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!