ޚަބަރު

ޝުޖާއު ފިޔަވައްޗަށް ވަނުމުން ކުދިންނަށް އަސަރު ކުރި ކަމަށް ބުނެ ލިޔުމުން ޖަވާބު ދާރީވާން އަންގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

ސަރުކާރުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ހުޅުވާލޭ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލައިގައި ލިޔުމުން ބަޔާން ދެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިިއެވެ.

Ads by MWSC

ޝުޖާއުއަށް ފޮނުވި ސިޓީއެއްގައި އެލްޖީއޭއިން ވިދާޅުވީ، ފިޔަވަތީގައި ހަމަނުޖެހުން ހިނގި ވަގުތު ހުއްދަ ނެތި ޝުޖާއު އެތާނގެ ތެރެއަށް ވަދެވަޑައިގެންނެވި ކަމަށާއި އެ ތަނަށް ވީޑިއޯކުރަން މީހުން ވެއްދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މައުލޫމާތު ލިބިފައިވާތީ އެކަން ބަލައިދޭން އެލްޖީއޭގައި އެދިފައިވާ ކަމަށެވެ. އަދި އެތަނަށް ހުއްދަ ނެތި ވަދެ އެތަނުގައި ތިބި ކުޑަކުދިންނާ ވާހަކަ ދައްކަވައިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކުދިންނަށް އަސަރު ކުރި ކަމަށާއި އެ މައްސަލައިގައި ލިޔުމުން 26 ސެޕްޓެންބަރުގެ ކުރިން ޖަވާބުދާރީވުމަށް ވަނީ އަންގައިފައެވެ.

މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ، ލިޔުމުން ބަޔާން ހޯދުމުގެ ބަދަލުގައި ބޭނުން ވަނީ އެލްޖީއޭއަށް ގޮސް  އެދުވަހު ކަން ހިނގިގޮތް ކިޔައިދޭން ކަމަށެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އޭނާގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުމުގައި އެ ތަން ރޯކޮށްލައިފައި ވެއެވެ. އަދި ފިޔަވަތީގެ މުވައްޒިފުންނަށް އެތަނުގައި ތިބޭ ކުދިން ކޮންޓްރޯލް ނުވެ، ފުރާޅުމަތީގައި ވެސް ކުދީން ތިއްބެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!