ޚަބަރު އިޖުތިމާޢީ

ދިޔަމިގިލި ކޮވިޑްގެ ހާލަތު: މުޅިރަށަށް ބަލި ފެތުރިއްޖެ، ސީދާލޮކްޑައުން ނޫނަސް ލޮކްޑައުންއެއްގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ފޭސްބުކް

ކޮވިޑް-19ގެ 14 ވޭދަނައެއް ފެނި މިމަހުގެ 15 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ތ. ދިޔަމިގިލީގެ ހާލަތު ރަނގަޅުނޫން ކަމަށާއި ރަށް ފުލްކޮށް ލޮކްޑައުން ނުކުރި ކަމުގައި ނުވިޔަސް ވަނީ ލޮކްޑައުންއެއްގައި ކަމަށް ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ތ. ދިޔަމިގިލި ކައުންސިލްގެ ރައީސް އަހުމަދު މޫސާ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މުޅިރަށަށް ފެތުރިފައިވާކަމަށާއި މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކަމާ އެކު މިބަލިމަޑުކަމާ ކުރިމަތިލެވޭނެ ގޮތް މަގުފަހި ކޮށްދެއްވުމަށްކަ މަށެވެ.

"އަޅުގަނޑުމެން މިމަސައްކަތްކުރަނީ މިހާރު ހަމަ ލޮކްޑައުން ނޫނަސް ލޮކްޑައުންގައި. ޒަރޫރީ ބޭނުންތަކަށް އެކަނި ގެއިން ބޭރަށް ނުކުންނަށް ހުއްދަ މިދެނީ. ޓާސްކްފޯހުން ޑެލިވަރީއާއި ކުނި އުކާލުމުގެ ކަންކަން ކޮށްދެމުން މިދަނީ" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މި ދަތި އުނދަގޫ ވަގުތުގައި ރައްޔިތުންގެ ފަރާތުން ފެންނަނީ ކެތްތެރިކަމާއި އެއްބައިވަންތަކަން ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ދިޔަމިގިލިން މިހާތަނަށް 48 މީހަކަށް ވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން އެކަކަށް ދަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ. އެރަށުގައި ޖުމްލަ 22 ގެއެއް މޮނިޓަރިންއަށް ލައިފައިވާއިރު މިހާތަނަށް 252 ސުންކު ނަގައިފައި ވެއެވެ. މީގެތެރެއިން 185 ސުންކު ވަނީ ކޮވިޑަށް ނައްސިވެފައެވެ. އަދި 19 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

  1. ކޮވިޑު 19 ދިޔަމިގިއްޔަށް ފެތުރިގެންގޮސް މިޙާލަތަށް ދިޔައީ އެރަށުގެ ޞިއްޙިދާއިރާގެ ފަރުވާކުޑަކަމުން ކަމުގައި ކަމަށް ދިޔަމިގލީ މީހަކު ވިދާޅުވި
    އިންޝާﷲ ދިޔަމިގިލީން ކޯވިޑު ބަލިފިއްލަވައި އަވަސް ޝިފާޢ މިންވަރުކުރައްވައިފާންދޭވެ. އާމީން