ޚަބަރު

ޖާބިރުއާ ބައްދަލު ކޮށްދިނުމަށް އެދި ދައްތައެއްގެ އާދޭސް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއާ ބައްދަލުކޮށްދިނުމަށް އެދި، ފުލުހުން ގާތު އުމުރުން ދުވަސްވީ އަންހެނަކު ރޮއެ އާދޭސް ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

Ads by STELCO

ޖާބިރު އިއްޔެ މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ.

އެ އިހުތިޖާޖުގެ ތެރޭގައި ޖާބިރަށް ހަމަލާ ދީ، އޭނާ ގައިގައި އެ ރަަށުގެ ބައެއް ރައްޔިތުން ތެޅި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އެ ރަށުގެ ބައެއް ރައްޔިތުން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

ހަމަނުޖެހުމާ ގުޅިގެން ޖާބިރަށް މަތިވެރި ފުލުހުން ހިމާޔަތް ދިން ނަމަވެސް، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިޔައީ ފުލުހުންގެ އިދާރާ ކުރިމަތީގައި ވެސް އިހުތިޖާޖު ކުރަމުންނެވެ.

އޭގެ ތެރެއިން އެއް އަންހެނަކު އެހެން މީހަކަށް އިންޓަވިއުއެއް ދެމުން ބުނީ، އޭނާގެ ފިރިމީހާ އަތުން 80،000 ރުފިޔާ ޖާބިރު ހޯދި ކަމަށާއި އެ ފައިސާ ހޯދަން ދިޔުމުން، ފައިސާ ނުދީ އެތަނުން ފޮނުވައިލި ކަމަށެވެ.

"ފިރިމީހާ އަތުން ހޯދީ 80،000 ރުފިޔާ. އެ ލާރި ހޯދާފައި އޭނަ އެ ނުދިން. އަހަރެން ކިތައް ދުވަހު ދިޔައީ އެ ފައިސާ ހޯދަން؟ ދާއިރަށް ދާށޭ ކިޔާފައި އޭނަ ފޮނުވައިލަނީ. ފިރިމީހާ ދިޔައިމަ ވެސް ހެދީ އެހެން. ދޭނަމޭ ކިޔާފައި އަދިވެސް ނުދޭ" އެ ދައްތަ ބުނަމުން ދިޔައެވެ.

އެހެންކަމުން ފުލުހުންގެ އަރިހުން ވެސް ޖާބިރުއާ ބައްދަލު ކޮށްދޭން އެދި އުމުރުން ދުވަސްވީ އެ ދައްތައަށް ރޮވޭ މަންޒަރު ވެސް ފެނެއެވެ.

މަތިވެރިއަށް ވަޑައިގަތުމުން ކުރިމަތިވީ ކަންތައްތަކާ މެދު ޖާބިރު ތުހުމަތު ކުރައްވައިފައި ވަނީ، އެއީ އެ ރަށު ކައުންސިލު ރައީސް އަހުމަދު އަސްލަމް ބަޔަކު ފޮނުވައިގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި އަސްލަމް އުޅުއްވަނީ ޖާބިރުގެ މުދާތައް އަތުލަން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ތުހުމަތުތަކާ ގުޅިގެން "ދެން" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލު ރައީސް އަސްލަމް ވިދާޅުވީ، އެ ހުރިހާ ތުހުމަތުތަކަކީ ވެސް ދޮގު ޖަމަށާއި ޖާބިރު އުޅުއްވަނީ އޭނާގެ ނަން ކިލަނބު ކުރަން ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު މަތިވެރީގެ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި، ޖާބިރު ވަނީ ވަރަށް ހަޑި ހުތުރުކޮށް މުހާތަބު ކޮށްފައެވެ. ޖާބިރު މަތިވެރީ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމުގެ އޯޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެކަން އެ މަނިކުފާނު ވަނީ ދޮގު ކުރައްވައިފައެވެ.

"އަޅުގަނޑަށް ގުޅާފައި އެއްޗެހިކީ ރިކޯޑިންގް ވެސް އެބައިން. ކޮށްފައި އެވާ ހުރިހާ ތުހުމަތުތަކަކީ ވެސް ދޮގު ތުހުމަތުތަކެއް، އަޅުގަނޑުގެ ނަން ކިލަނބު ކުރަން ވެގެން އެއުޅެނީ. އަޅުގަނޑު މިތަނުގައި މަސައްކަތް މި ކުރަނީ ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށް ނުލިބޭ އެއްޗެއް ނުލިބޭ ވާހަކަ އަޅުގަނޑަށް ކެރޭނެ ދައްކަން" ކައުންސިލު ރައީސް ވިދާޅުވިއެވެ.

ކައުންސިލު ރައީސް އަސްލަމް ވިދާޅުވީ، މަތިވެރި ކައުންސިލަށް 4.7 މިލިއަން ރުފިޔާ ޖާބިރު ދައްކަވަން ޖެހޭ ކަމަށާއި ޖާބިރު ކޯފާ އިސްކުރައްވައިގެން އުޅެނީ އެ ފައިސާ ދައްކަން ބުނުމުން ކަމަށެވެ.

  1. ހަންޗޭ

    ތިޔ ޖާބިރ މުދަލުގެވާހަކ ދައްކަނ ތިޔައ ގާރޫނުތަ

  2. ައަބުސީ

    ޖާބިރު މީ މުޅިންވެސް ހީލަތާ މަލަރުހެދުމާ އޮޅުވައިލަމާއި ވައްކައްކުރުމާއި މަސްތުވާ ތަކެތިބޭނުންކުރުމާއި ދީނަށް ފުރައްސާރަ ކުރުމުގައި ހައްދުފަހަނަ އަޅާފައިވާ އިޒަތްްތެރި މެންބަރެއް ބާ؟ މުޅި މަޖުލީހަށް ހުތުރު ކާށިދޫ ރަޔްޔިތުން ލަދުން ބޯހަލާކުވަނީ