އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރުން އދގައި ކުށްވެރި ނުކުރުމުން ޑރ.ޝަހީމްގެ ނުރުހުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޭ އދ. އާއްމު މަޖިލީހުގައި ކުރެއްވި ތަގްރީރްގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރި ނުކުރުމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ވެރިން ޔޫއެންގައި ތަގްރީރް ކުރައްވާއިރު ފްރާންސް ފަދަ ގައުމުތަކުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ކުރުން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ.
"އިސްލާމީ ގައުމުތަކުގެ ވެރިން ޔޫއެންގައި ތަގްރީރް ކުރައްވާއިރު ފްރާންސް ފަދަ ގައުމުތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ކުރުން ކުށްވެރިކޮށް އިސްލާމް ދީނާ މެދު ބިރުވެރިކަން އުފެއްދުމާއި ދެކޮޅަށް ވާހަކަ ދަައްކަވައި އިސްލާމް ދީނުގެ ރީތި ތަސައްވަރު ހާމަ ކުރަން ޖެހޭނެ" ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އދ.ގައި ދިވެހި ބަހުން ރޭ ވަނީ ތަގުރީރުކުރައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު މިއަދު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިސްތިއުމާރީ ބާރުތައް ރޫޅެމުންދިޔަ އެ ދުވަސްވަރު، ކުދި ގައުމުތަކުން އދ.އާ ގުޅުމަށް ބޮޑެތި ގައުމުތަކުން ރުހޭނެ ކަމާ މެދު އޭރު ޝައްކު އުފެދިފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދަނީ ދިވެހި ބަހުން ކަމަށެވެ.
ދިވެހިބަހުންތަގުރިރުނުކުރެވުނަސް ފުރައްސަރަކުރުންކުއްވެރިކުރަންވަނެ