Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

އާޝާގެ ފަރި "ޝިކާރަ" އެތައް ބަޔަކަށް ކަމުގޮސްފި

އާޝާގެ ފަރި "ޝިކާރަ" އެތައް ބަޔަކަށް ކަމުގޮސްފި

ދިވެހި ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓްރެސް އައިމިނަތު ރަޝްފާ (އާޝާ) ޕްރޮޑިއުސްކޮށް އެކްޓުކޮށްފައިވާ ވީޑިއޯ ލަވަ "ޝިކާރަ" އަށް އެތައް ބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

ބެލުންތެރިންނަށް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އާޝާ ގެނެސްދިން މި ލަވައިގައި އޭނާއާ އެކު ހަރަކާތްތެރި ވެފައިވަނީ އަޙުމަދު އީސަ (އާނަންދު)އެވެ. ޚާއްސަ ފެނިލުމަކުން ހުނޫ ވެސް ފެނެއެވެ.

ނުހަނު ހިތްގައިމު ލޮކޭޝަންތަކަކާއި ކޮސްޓިއުމްގެ އިތުރުން އެ ލަވައިގެ މޭކަޕަށް ވެސް ވަރަށް ގިނަ މީހުން ތައުރީފު ކޮށްފައިވެއެވެ.

Advertisement
HDC — Sidebar (box)

މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާއާއި ޝަލަބީ އިބްރާހީމްގެ ހިތްގައިމު އަޑުން ހުށަހަޅައިދީފައިވާ އެ ލަވައަކީ ވަރަށް އަސަރު ގަދަ ލޯބީގެ ލަވައެކެވެ.

އެންމެ ގާތް އެކުވެރިޔާއަށް ބަދަލު ހިފައި ދިނުމުގެ ގޮތުން އާޝާ އާނަންދު ޝިކާރަ ކޮށްލަނީ އެންމެންގެ ވެސް ހިތްތަކާ ކުޅެލައި ފަދަ ގޮތަކަށެވެ. ބަދަލު ހިފުމުގެ ގޮތުން އާނަންދުގެ ހިތައި ކުޅެލި ކަމުގައި ވިޔަސް، ކުރެވުނު ކަންތަކާ މެދު އާޝާ ދެރަވާކަން ލަވައިގެ ފަހު ކޮޅުގައި ދައްކައެވެ.

ޔޫޓިއުބުގައި މިހާރު 46،000އަށް ވުރެ ގިނަ މީހުން ބަލައިފައިވާ މި ލަވައިގެ ދެވަނަ ބައެއް ނުކުންނާނެ ކަމަށް ވެސް ގިނަ ބަޔަކު އުންމީދުކުރެއެވެ.

https://youtu.be/my9FATGZlYQ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް