Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖާބިރަކީ ކިތަންމެ ބޮޑު ވިޔަފާރިވެރިޔަކަށް ވިޔަސް މަތިވެރީ ރައްޔިތުން އައިސިސް މީހުންނަކަށް ނުހެދޭނެ: ކައުންސިލް

ޖާބިރަކީ ކިތަންމެ ބޮޑު ވިޔަފާރިވެރިޔަކަށް ވިޔަސް މަތިވެރީ ރައްޔިތުން އައިސިސް މީހުންނަކަށް ނުހެދޭނެ: ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ ކިތަންމެ ބޮޑު ވިޔަފާރިވެރިއެއް ނަމަވެސް މަތިވެރި ރައްޔިތުންނަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ ބަޔަކަށް ނުހެދޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ ރައްޔިތުން ނުކުތީ ރައްޔިތުންގެ ހައްގު ހޯދުމަށް ކަމަށާއި އެހެންކަމުން ޖާބިރަށް އެހެން ނުބުނެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖާބިރަކީ ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަސް ޖާބިރަކަށް ނުބުނެވޭނެ މަތިވެރީ ރައްޔިތުންނާ ދިމާލަކަށް އެހެންނެއް. ރައްޔިތުން ނުކުތީ އިހްތިޖާޖަށް ރައްޔިތުންގެ ހައްގު ހޯދަން. އެބޭފުޅާ ވަނީ މަތިވެރިން ބިން ހޯދައި ކުއްޔެއް ނުދައްކާ. ދެފަރާތުން އެއްބަސް ވީ ކުލި ދައްކާ ގޮތަށް ޖާބިރަށް ބިން ދޭން. ދެން ޖާބިރު ކުލި ނުދެއްކެވުން އެއީކީ އަޅުގަނޑުމެން ކުރާނެކަމެއް ނޫން" އަސްލަމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އަސްލަމް ވިދާޅުވީ މަތިވެރީ ރައްޔިތުންނާ މެދު ޖާބިރު ދެއްކެވި ވާހަކަ މަޖިލީހުންނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބަލައި ޖާބިރާ މެދު ފިޔަވަޅުއެޅުމަށް ގޮވައިލައްވާ ކަމަށެވެ.

އިއްޔެ ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ވަނީ ހަމަލާ ދީފައެވެ. ހަމަލާ ދިނީ އެ ރަށު ކައުންސިލު ރައީސް އަހުމަދު އަސްލަމްގެ އެންގުމަށް ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި މަތިވެރީގެ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި، ޖާބިރު ވަނީ ވަރަށް ހަޑި ހުތުރުކޮށް މުހާތަބު ކޮށްފައެވެ. ޖާބިރު މަތިވެރީ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމުގެ އޯޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެކަން އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފައެވެ.

ޖާބިރުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަތިވެރި ކައުންސިލު ރައީސް އަސްލަމް ވިދާޅުވީ، އެ ހުރިހާ ތުހުމަތުތަކަކީ ވެސް ދޮގު ކަމަށާއި ޖާބިރު އުޅުއްވަނީ އޭނާގެ ނަން ކިލަނބު ކުރަން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް