Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިމަރަފުށީ އެއާޕޯޓުގެ މައްސަލައެއްގައި 1.7 މިލިއަންގެ ބަދަލެއް މޯލްޑިވިއަން އިން ދައްކަން ޖެހިއްޖެ

ތިމަރަފުށީ އެއާޕޯޓުގެ މައްސަލައެއްގައި 1.7 މިލިއަންގެ ބަދަލެއް މޯލްޑިވިއަން އިން ދައްކަން ޖެހިއްޖެ

ތ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭ ހިންގުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި 1.7 މިލިއަން ރުފިޔާގެ ބަދަލެއް އަމިއްލަ ކުންފުންޏަކަށް ދައްކަން ޤައުމީ އެއާލައިން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކެފޭ ތަރައްގީ ކުރުމަށް، މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާއި ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑާ އެކު 2017ގައި ހެދި އެއްބަސްވުން އެ ކުންފުނިން އެދިގެން 2019ވަނަ އަހަރު ވަނީ ބާތިލުކޮށްފައެވެ.

ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ކެފޭ ހިންގަން ކުރި ޚަރަދުގެ ބަދަލު ދޭން އެ ކުންފުނިން އެދުން ކަމުގައި ވިޔަސް، އެ ފައިސާ މޯލްޑިވިއަންއިން ދީފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

އެހެންކަމުން އެ ފައިސާ ހޯދަން ސެކިއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ކެފޭ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި، އެ ތަނަށް ކޮށްފައިވާ ޚަރަދުތައް އަނބުރާ ދޭންޖެހޭނެކަން އެއްބަސްވުމަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެތަނުގައި ގެންގުޅުނު ސާމާނުތައް ހިމެނޭ ގޮތުން ބަދަލު ދޭންޖެހޭނެ ކަމަށާއި އެހެންވެ، އެތަނުގެ އިމާރާތާއި ގެންގުޅުނު ސާމާނުގެ ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ކަމަށް ހުކުމުގައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް