Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ބަރުލަމާނީ ޕެޓިޝަންގައި ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ސޮއި ކުރައްވައިފި

ބަރުލަމާނީ ޕެޓިޝަންގައި ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ސޮއި ކުރައްވައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެދި ހުށަހަޅައި ޕެޓިޝަންގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ވެސް ސޮއި ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުޙައްމަދާއި ބައްޕާފުޅު ޢަބްދުއްސައްތާރު ޢުމަރު އެ ޕެޓިޝަންގައި ސޮއި ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ މިދިޔަ އޮގަސްޓު މަހުގެ 20ވަނަ ދުވަހުގައެވެ.

Advertisement
HDC — Sidebar (box)

އެނގިފައިވާ ގޮތުގައި އެދުވަހުން ފެށިގެން މި މަހުގެ ކުރީ ކޮޅާ ހަމައަށް އައިއިރު، ބައި ލައްކައަށް ވުރެ ގިނަ މީހުން ވަނީ މި ޕެޓިޝަންގައި ސޮއި ކުރައްވައިފައެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމުގައިވާ ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދުކޮށް ޕެޓިޝަންގައި ސޮއި ކުރި މީހުންގެ ސީދާ އަދަދު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް