Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕީކްގައި ބެހެއްޓި ޖަނަރޭޓަރުތައް ނަގައިފިން، އަޑުގެ ސަބަބުން އުނދަގޫވުން މިހާރު ކުޑަވާނެ:ސްޓެލްކޯ

ޕީކްގައި ބެހެއްޓި ޖަނަރޭޓަރުތައް ނަގައިފިން، އަޑުގެ ސަބަބުން އުނދަގޫވުން މިހާރު ކުޑަވާނެ:ސްޓެލްކޯ

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާއްމުންނާ ގާތުގައި ޖަނަރޭޓަރުތައް ބެހެއްޓުމުން މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެ ޖަނަރޭޓަރުތައް މިހާރު ނަގައިފައިވާ ކަމަށާއި އެހެންކަމުން އަޑުގެ ސަބަބުން ރައްޔިތުންނަށްވީ އުނދަގޫތައް މިހާރު ނުވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިތުރު ޖަނަރޭޓަރުތަކެއް ބެހެއްޓި ކަމަށާއި އޭރު އެކުންފުންޏަށް ޖާގައިގެ ވަރަށް ބޮޑު ދަތިކަމެއް ހުރިކަމަށެވެ.

"އަޅުގަނޑުމެން އިތުރަށް ކެޕޭސިޓީ ބޭނުންވާތީ އަޅުގަނޑުމެންނަށް މަޖުބޫރުވީ އާއްމުންނާއި ތަންކޮޅެއް ކައިރީގައި ހަތަރު ޖަނަރޭޓަރެއް ބަހައްޓަން އެހެންވީމަ އެ ޖަނަރޭޓަރުތައް ބެހެއްޓުމުގެ ސަަބަބުން ހަގީގަތުގައި ރައްޔިތުންނަށް ދަތިކަމެއް އެ އައީ" މުޣުނީ ވިދާޅުވިއެވެެ.

Advertisement
HDC — Sidebar (box)

މުޣުނީ ވިދާޅުވީ އާއްމުންނާ ގާތުގައި ޖަނަރޭޓަރުތައް ބެހެއްޓީ މަޖުބޫރު ވެގެން ކަމަށާއި ހުރިހާ ވަގުތެއްގައި އެންމެންނަށް ވެސް ހަމަ ކަރަންޓު ދިނުމަކީ އެ ކުންފުނީގެ މެއިން މެންޑޭޓް ކަމަށެވެ. އެހެން ނަމަވެސް އެތާ ޖަނަރޭޓަރުތައް ބަހައްޓަން ޖެހުނީ ހަމައެކަނި ޕީކް ސީޒަނަށް ތައްޔާރުވުުމުގެ ގޮތުން ކަމަށާއި އޭރު ވެސް އެކުންފުނިން ޕްލޭންކުރީ އިންޓަރ ކަނެކްޝަން ނިމުމާއެކު އެޖަނަރޭޓަރުތައް އެތަނުން ނެގުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖުލައި މަހު އިންޓަ ކަނެކްޝަން ގެ މަަސައްކަތް ވަނީ ނިންމައިލެވިފައި އެޔާއެކު އެޖަނަރޭޓަރުތައް ވަނީ އެތަނުން ނެގިފައި. އޭގެ މާނައަކީ އެފަރާތްތަކަށް އޭރު ދިމާވި ދަތިކަން އެލެވެލްއަށް ދިމަލެއް ނުވާނެ" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ އެގޮތަށް ކަންތައް ދިމާވީ ގިނަ ދުވަސްތަކަށް ޕްލޭނިންތަކެއް ކުރިން ވެސް ކުރެވިފައި ނެތީމަކަމަށެވެ. އަދި  ސްޓެލްކޯ ކަހަލަ މުހިންމު އިންފްރާކްސްޓްރަކްޗަރތަކަކީ ކުރިއަށް ވިސްނައިގެން ޕްލޭނިންތަކެއް ކުރެވިގެންދާން ޖެހޭނެ ކުންފުނިތަކަކަށްވާއިރު އެކަން އެހެން ކުރެވިފައި ނެތީމަ އެހިސާބަށް މިފަހަރުގައި ކަންތައް ދިޔައީ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް