Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޔާމީންގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވީ މިނިވަންކަމާ ކުޅެލުމުގެ ފުރުސަތު ހޯދަން: ސައީދު

ޔާމީންގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވީ މިނިވަންކަމާ ކުޅެލުމުގެ ފުރުސަތު ހޯދަން: ސައީދު

ރައީސް ޔާމީންގެ ހަތަރެސް ފައިގައި ކަސްތޮޅު އެޅުވީ، ދިވެހިންގެ މިނިވަންކަމާއި ކުޅެލުމުގެ ފުރުސަތު ހޯދުމަށް ކަމުގައި ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ޕީޕީއެމްން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. އަދި އެމް.ޑީ.އެން.އިން އާންމުކުރި ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖްކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭ ގޮތުން ފެންމަތި ކުރުވި ނަމަވެސް އެކަމަށް ފިޔަވަޅު އަޅަން ރައީސް ޞާލިޙަށް ނުކެރުނު ކަމަށް ސައީދު ވިދާޅުވިއެވެ.

“އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖްކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށް ބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެ ބޭފުޅުންނަށް ފިޔަވަޅު އަޅާކަށް” ސައީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ސޯލިހާއި ކޯލިޝަންގެ ލީޑަރުން ބޭނުން ވިޔަސް ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ތުހުމަތު ކުރުން ފިޔަވައި އިތުރު އެންމެ ހެއްކެއް ވެސް މިހައިތަނަށް ފެނިފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައެެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް