Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ޢިލްމީ ބޭފުޅެއް: ޝަހީމް

ރައީސް ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ޢިލްމީ ބޭފުޅެއް: ޝަހީމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ޢިލްމީ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފު މައްސަލައިގައި ސަރުކާރުގެ ފަރާތުން އިއްޔެ ދެއްކެވި ވާހަތަކަށް އެމަނިކުފާނު ކޯޓުގައި ރައްދު ދެއްވައިފައިވާ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި އުފެދުނު މޮޅު މަދު އިލްމުވެރި ވިސްނުން ތޫނު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ދަށުން ކެބިނެޓްގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބުނު ދުވަސްވަރު އެކަން ވަރަށް ކައިރިން ތަޖުރިބާ ކުރެވުނު ކަމަށާއި، އެމަނިކުފާނުގެ އިލްމީ ގާބިލްކަމާއި، ވާހަކަ ދެއްކުންތެރިކަމާއި، ހިންގުންތެރިކަމަކީ ދިވެހި ރައްޔިތުން ވެސް ހެކިވާނެ ކަންތައްތަކެއް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/mohamedshaheem1/status/1441293269367812106?s=21

“ރައީސް ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ވަރަށް ޢިލްމީ ބޭފުޅެއް. ރައީސް ޔާމީންގެ ދަށުން ކެބިނެޓްގައި މަސައްކަތް ކުރި ދުވަސްވަރު އެކަން ފާހަގަވި. ރައީސް ޔާމީނަކީ އުފެއްދުންތެރި ވިސްނުން ހުންނަ ވަރަށް ކުޅަދާނަ ވަރަށް މޮޅު ޤައުމީ ވިސްނުމުގެ ބޭފުޅެއް. ވާހަކަ ދެއްކުންތެރިއެއް. އެ މަނިކުފާނަށް އިންސާފު ލިބެން ޖެހޭ” ޝަހީމް ވިދާޅުވިއެވެ.

ޔާމީނުގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް