ޚަބަރު އިޖުތިމާޢީ

ރަސްފަރީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލަކަށް 900 މިލިއަން ރުފިޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ އެމްއެންޑީއެފް

މިދިޔަ މަހުގެ 19 ވަނަ ދުވަހު ކ. ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށް އެރި ޕެނަމާއަށް ނިސްބަތްވާ 190 މީޓަރު ދިގުމިނުގައި ހުރި ކާގޯ ބޯޓުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 900 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

Ads by MWSC

އީޕީއޭއިން ބުނީ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ސާވޭއެއް ހަދައި އެސާވޭގެ މަސައްކަތް މިދިޔަ ހަފްތާގައި ނިންމައިލާފައިވާ ކަމަށެވެ. އަދި މިސާވޭއިން އެނގިފައިވާ ގޮތުގައި ފަރުގެ އެއް ހެކްޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ފަރުގެ ދިރުންތަކާއި ބައްޓަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މި އާގު ބޯޓު ދިވެހި އެޖެންޓަކަށް "އެންޓާކް މޯލްޑިވްސް" ހަމަޖައްސައި ބޯޓުގެ ފުންކުރުމުގެ މަސައްކަތް ފަށައި ބޯޓު ފުން ކުރެވުނީ 10 ދުވަހުގެ މަސައްކަތުން މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

Ads by Allied Insurance
  1. ދިވެހި ރައްޔިތުން

    ތި ފައިސާ ޚަރަދުކުރަން ޖެޖެހޭނީ އެރަށާއި އެ އަތޮލުގެ ރަށްތަކަށް.