Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ޝިފާ

މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ޝިފާ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން މާލެ ސިޓީގެ ރައްޔިތުންގެ ވިންދު ސާފުވެއްޖެ ކަމަށް މާލެ ދާއިރާގެ ރައީސްކަމަށް އިންތިޚާބުވި ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ރައްޔިތުން ދެއްވި ތާއީދާއި، އިތުބާރަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ ކަމަށެވެ. މީގެ އިތުރުން ޝިފާ ވިދާޅުވީ “އަޅުގަނޑު މިހިރީ ބާރަށް ކުރިއަށްދާން” ކަމަށެވެ.

https://twitter.com/sifamohammed/status/1441801282633691142?s=21

Advertisement
HDC — Sidebar (box)

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގައި މާލޭ ދާއިރާގެ ރައީސްކަމަށް ޝިފާ މުޙައްމަދު އިންތިޚާބު ވެފައިވަނީ އަކުރަމް ކަމާލުއްދީންއާއި އަހުމަދު މުނާޒު މޫސާއާ ވާދަކޮށެވެ. އަކްރަމަކީ މިހާރު ވެސް އެމްޑީޕީ މާލެ ދާއިރާގެ ރައީސެވެ.

މިއިންތިޚާބުގައި 3 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދިޔައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް