Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގަދަ ވަޔާ އެކު ގަސްތައް ވެރި މާލޭގެ ބައެއް މަގުތައް ބަންދުވެއްޖެ

ގަދަ ވަޔާ އެކު ގަސްތައް ވެރި މާލޭގެ ބައެއް މަގުތައް ބަންދުވެއްޖެ

ގަދަ ވަޔާއެކު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް މަގުތަކުގައި ހުރި ގަސްތައް ވެރި މަގުތައް ބަންދު ވެއްޖެއެވެ.

މާލޭގެ އޯކިޑް މަގުގައި ހުރި ގަހެއް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ވެއްޓިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެ ގަސް ވެއްޓިފައި ވަނީ އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ މައްޗަށެވެ.

މީގެ އިތުރުން މާލޭގެ އަމީނީމަގު، އިސްކަންދަރު ކޮށި ކުރިމަތީގައި ހުރި ގަހެއް ވެސް ވަނީ ވެއްޓިފައެވެ. ފުލުހުން ވިދާޅުވީ ގަސް ވެއްޓިފައިވާ ސަރަހައްދަށް ފުލުހުން ގޮސް ސިޓީ ކައުންސިލާ ގުޅިގެން އެތަނުން ގަސް ނަގައި، ސާފުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް މިއަދު ފަތިހުން ފެށިގެން ވާރޭ ވެހެމުން ދެއެވެ. މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ އޮރެންޖު ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްރަށަށެވެ.

އެ ރަށްރަށަށް ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް