އަޑިޔަށް ދިޔަ ސަފާރީއިން އެކަކު މަރުވެއްޖެ

17 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވި ހާދިސާގައި އެ ސަފާރީއިން ދަތުރު ކުރި އެކަކު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ސަފާރީގައި ހުރި ބިދޭސީއެކެވެ.
“ކޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ ސަފާރީއިން ދަތުރު ކުރި 17 މީހަކު މާލެ ގެނެސްފައިވާއިރު އޭގެ ތެރެއިން 6 މީހުން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.