Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

"އިންތިހާބުން ފެނުނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނެތްކަން"

"އިންތިހާބުން ފެނުނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނެތްކަން"

ވެރިކަން ކުރާ އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ދައްކުވައިދިނީ އެ ޕާޓީގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދެއް ނެތްކަން ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ކެނޑިޑޭޓުން ކެމްޕެއިން ކުރީ ބަރުލަމާނީ ނިޒާމް ގެނައުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރާ އެއްވެސް މެންބަރަކު ނިޒާމް ބަދަލު ކުރާ ވާހަކަ ދައްކައިފައެއް ނުވެއެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައީސް ޞާލިޙު ހުންނެވީ ވެސް ހިމޭނުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި މެންބަރު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުން ފެނުނީ ނިޒާމް ބަދަލު ކުރަން އެ ޕާޓީ ގްރާސްރޫޓް މެންބަރުން ބޭނުން ނުވާ ކަމަށާއި ނިޒާމުގެ ވޯޓެއް ނެގިޔަސް ރިޔާސީ ނިޒާމް ކުރި ހޯދާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިއްޔެގެ އިންތިހާބުގެ ނަތީޖާއަކީ ނިޒާމީ ވޯޓެއް ނެގި ފަހުން މިދިޔަ 12 އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ބަދަލު ނުވާ ކަމުގެ ހެއްކެއް ކަމަށާއި ގިނަ މީހުން އަދިވެސް ގަބޫލު ކުރަނީ ބަރުލަމާނީ ނިޒާމަށް ވުރެ ރިޔާސީ ނިޒާމު ރަނގަޅުކަން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް