Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ނަގާ މުސާރައާ އެއްވަރަށް މިހާރު ވެސް މަސައްކަތް ކުރަން: މަޙްލޫފް

ނަގާ މުސާރައާ އެއްވަރަށް މިހާރު ވެސް މަސައްކަތް ކުރަން: މަޙްލޫފް

ސަސްޕެންޝަނުގައި ހުންނަވައިގެން މުސާރަ ނެގި ނަމަވެސް ނަގާ މުސާރައާ އެއްވަރަށް މަސައްކަތް ކުރާ ކަމަށް ޔޫތު މިނިސްޓަރް އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ސަސްޕެންޝަނުގައި ހުރި ނަމަވެސް ބަރާބަރަށް މަސައްކަތް ކުރެވޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ކައުންސިލްތަކުންނާއި ސަރުކާރުގެ އޮފީސްތަކުންނާއި ބޭރުގެ ސަފީރުން ވެސް ގުޅާ ކަމަށާއި މަސައްކަތެއް ހަވާލު ކޮށްގެން އެކަމެއް ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ ކަމަށެވެ. އަދި ބައެއް މީހުން ސަސްޕެންޝަނުގައި ހުރެގެން އެއްވެސް މަސައްކަތެއް ނުކޮށް ބަރާބަރަށް މުސާރަ ނަގަނީއޭ ބުނި ނަމަވެސް އެ ނަގާ މުސާރައާ އެއްވަރަށް މަސައްކަތް ކުރާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ދެން ރަސްމީ އެއްވެސް އެއްޗެއްގަ ސޮއި ނުކުރެވޭނެ. ހަގީގަތަކީ އެކަމަކު މިއަދު ވެސް މަށާ ބެހޭ ކަމެއް ނޫނޭ, ނުކުރާނަމޭ ބުނެގެން ހުރެއްޖިއްޔާ ނުވާނެ އެތައް ކަމެއް އެބަހުރި. ހަމަ ކޮންމެ ދުވަހަކުހެން ކައުންސިލްތަކުން އަޅުގަނޑަށް ގުޅާނެ. ރައްޔިތުންގެ މަޖިލިސް މެމްބަރުން ގުޅުއްވާނެ, ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުން ގުޅުއްވާނެ, ބޭރުގެ ސަފީރުން ގުޅުއްވާނެ, މިހެން ގޮސް މަސައްކަތާ ނުގުޅޭ ކަމެއް ނޫނީ މަސައްކަތެއް ހަވާލުކޮށްގެން ކަމެއް ނުކުރާ ދުވަހެއް ނުދޭ. ބައެއް މީހުން ބުނާނެ ސަސްޕެންޝަނުގަ ހުރެގެން ބަރާބަރަށް މުސާރަ ނަގަނީއޭ. އެ ނަގާ މުސާރައާ އެއްވަރަށް މިހާރުވެސް މަސައްކަތް ކުރަން. އެއީ އެންމެ ކުރުކޮށް އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ" މަހުލޫފް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މަހްލޫފު ވިދާޅުވީ މަސައްކަތް ނުކުރާ ނަމަ އެތައް ކަމެއް ބޮއްސުން ލައިގެން ދިޔައީސް ކަމަށާއި އޭނާގެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނުކަމުގައި ވިޔަސް ބޭނުން ވަނީ އެ މައްސަލަ ކޮންމެވެސް އެއްގޮތަކަށް ނިންމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް