Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުއްދަތު ހަމަވާ ގަވައިދުތަކަށް އަމަލުކުރަން އިތުރު މުއްދަތު ދީފި

މުއްދަތު ހަމަވާ ގަވައިދުތަކަށް އަމަލުކުރަން އިތުރު މުއްދަތު ދީފި

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދަށުން ބާރުދީފައިވާ ބައެއް ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު ހަމަވާތީ، އެ ގަވައިދުތަކަަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

2019ވަނަ އަހަރު ފާސްކުރި އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ހިމެނޭ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަަށް ހަމަވާނެއެވެ. އެހެންކަމުން އެ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މި ނިންމުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި، އެކަމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 43 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ، އާންމު ގަވައިދުތަކުގެ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ހިމެނޭ ގަވައިދުތަކާ ގުޅިގެން އެކުލަވައިލާން ޖެހޭ ބިލުތައް ވީހާވެސް އަަވަހަށް މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް އޮފީހުގައި އެދެން ވެސް ފާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް