Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މައިކް ޓެސްޓު ކުރަން ވިޔަސް، ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ޑރ. އިޔާޒް

މައިކް ޓެސްޓު ކުރަން ވިޔަސް، ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ޑރ. އިޔާޒް

މައިކް ޓެސްޓު ކުރަން ވިޔަސް، އަދި މަޖަލަކަށް ވެސް، މާތް ނަބިއްޔާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ، ށ. ފޯކައިދޫގައި ސުކޫލުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ހާޒިރުގައި ރަސޫލާ (ޞޢވ)އަށް ފުރައްސާރަވާ ފަދަ ގޮތަކަށް މަދަހައެއްކީ މައްސަލައެއް ފެންމަތިވުމުންނެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިޔޯގައި ފެންނަނީ ރަސޫލާއަށް ނިސްބަތްކޮށް ކިޔައިފައިވާ މަދަހައެއްގެ އެއް ކަޑި ކިޔުމަށް ފަހު ދެވަނަ ކަޑިއަށް މުޅިން އެހެން ވާހަކައެއް ހަމަ އެރާގުގައި ކިޔާ މަންޒަރެވެ. އެއާ އެކު ހޯލުގައި ތިބި ދަރިވަރުން ހޭން ފަށާ އަޑު އިވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވީ އެކަމަކީ ސައުންޑް ޓެސްޓް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ގޯސް ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

https://twitter.com/dr_iyaz/status/1442464308831539204?s=20

މިކަމާ ގުޅޭގޮތުން ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ބޮޑު ވެގެންވާ ޙަރާމް ކަމެއް ކަމަށެވެ. އަދި އެކަން ކުރި ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ޓެގް ކުރައްވައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް