Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މާޔޫސްވެ ނުތިބެ، ކުރެންދޫ ރައްޔިތުން ނަމޫނާދައްކައި ދަނޑު އެއްކޮށް ސާފުކޮށްލައިފި

މާޔޫސްވެ ނުތިބެ، ކުރެންދޫ ރައްޔިތުން ނަމޫނާދައްކައި ދަނޑު އެއްކޮށް ސާފުކޮށްލައިފި

މިދިޔަ ހުކުރު ދުވަހު އުދަ އަރައި ހަލާކުވި ޅ.ކުރެންދޫގެ ފުޓުބޯޅަ ދަނޑު، ރައްޔިތުން ނުކުމެ ސާފުކޮށް މަރާމާތުކޮށް ނިންމައިލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު ވިދާޅުވީ މި ދަނޑަކީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހަދައިފައިވާ ދަނޑަކަށްވުމުން ދަނޑު ހަލާކުވުމުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެވެ. އެހެން ނަމަވެސް އެރަށު ރައްޔިތުން ނަމޫނާ ދައްކާފައިވާކަމަށް ސިމާއު ވިދާޅުވިއެވެ.

"މި ދަނޑު ހަލާކުވުމުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. އެހެން ނަމަވެސް ރައްޔިތުން މި ވަނީ މާޔޫސްވެފަ ނުތިބެ ނިކުމެ ނަމޫނާ ދައްކައިފަ. ދަނޑު އެއްކޮށް ސާފުކޮށްފައި މިއަދު މިވަނީ. މިކަމުގައި ރަށުގެ ކުދި ބޮޑު އެންމެންގެ އެއްބާރުލުން ލިބުނު" ސިމާއު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ދުނިޔޭގެ ސަމާލުކަން ވެސް ލިބުނު ޅ.ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

<img class="alignnone wp-image-115998 size-large" src="https://cdn.dhen.mv/wp-content/uploads/2021/09/ކުރެނދޫ-1024x682.jpg" alt="" width="1024" height="682" />

"ފުޓުބޯޅަ ދަނޑަށް ވަރަށް ބޮޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ހަލާކުވެފައި ވަނީ. ދެން ކުރެންދޫ ފުޓުބޯޅަ ދަނޑަކީ ރައްޔިތުން އަމިއްލަ އަތުން ހަރަދުކޮށްގެން ހަދައިފައިވާ ދަނޑެއް އެއީ ދެން އަމިއްލައަށް ހެދި ދަނޑެއް ހަލާކުވެގެން ދާ މަންޒަރު ފެނުނީމަ ރައްޔިތުންގެ މާޔޫސްކަން ވަރަށް ބޮޑު" އުދަ އެރުމުގެ ސަބަބުން ދަނޑަށް ލިބުނު ގެއްލުން "ދެން"އާ ހިއްސާ ކުރަމުން މިދިޔަ ހުކުރު ދުވަހު ސިމާއު ވިދާޅުވިއެވެ.

ސިމާއު ވިދާޅުވީ ރަށުގެ ވަރަށް ގިނަ ގޭގެއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް އުދަ އަރައިފައި މިވަނީ. އަޅުގަނޑު ހަޔާތުގައި ވެސް ނުދެކެން މިހާ ބޮޑަށް އުދަ އެރިތަނެއް. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގެއަށް މިވަނީ ފެނުގެ އަސަރުކޮށްފައި. ދެން ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި މި ވަނީ." އެ ދުވަހު އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް