Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ވެފައެއް ނުވާނެ: ނަހުލާ

ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ވެފައެއް ނުވާނެ: ނަހުލާ

އިދިކޮޅު ޕީޕީއެމްގެ އަސާސީ ގަވައިދާ، މާލެ ސިޓީ ކައުންސިލުގެ މެންބަރު ނަހުލާ އަލީ ޚިލާފުވެފައިވާ ކަމަށް ބުނެދެކެވެމުންދާ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދުތަކާ ނަހުލާ ހިލާފުވެފައި ވާތީ، އޭނާ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭ ގޮތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި ނަހުލާ ސަސްޕެންޑު ކުރީ 2024އާ ހަމައަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ނަހުލާ ހިލާފުވީ ކޮން ގަވާއިދުތަކަކާ ކަމެއް އަދުރޭ ވިދާޅުވެފައި ނުވާއިރު، މީޑިއާތަކަށް ނަހުލާ މިރޭ ފޮނުއްވި މެސެޖެއްގައި ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

ނަހުލާ ވިދާޅުވީ އެ މައުލޫމާތު އަދުރޭ އަރިހުން އޮޅުންފިލުއްވި ކަމަށެވެ. އަދި އަދުރޭއާ ހަވާލާދީ ނަހުލާ ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

"ޕީޕީއެމްގެ އަސާސީ ގަވައިދާ އަޅުގަނޑު ހިލާފް ވެފައެއް ނުވާނެ. އަޅުގަނޑު މި ދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން. މުޒާހަރާއާއި ޖަލްސާތަކުގައި ވެސް ބައިވެރިވަމުން،" ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ ސަސްޕެންޑު ކޮށްފައި ކަމަށް، ބައެއް މީޑިއާތަކަށް އަދުރޭ ވަނީ ޔަގީންކޮށްދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް