Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައިގައި ހެކި ހުރި ނަމަ އެސްއޯއެފްއަށް ދައުވާ ކުރާނެ: ޕީޖީ އޮފީސް

އެމްއެމްޕީއާރްސީ މައްސަލައިގައި ހެކި ހުރި ނަމަ އެސްއޯއެފްއަށް ދައުވާ ކުރާނެ: ޕީޖީ އޮފީސް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ބަހައިލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލެއާސް (އެސްއޯއެފް އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރަނީ ހަމައެކަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލައިގައި އެކަނި ކަމަށާއި، އެހެނިހެން ފައިސާގެ މުއާމަލާތްތަކާ ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުން، ސުޕްރީމް ކޯޓުގައި ވަނީ މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމައިފައި ވަނީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޒްމިރަލްދާ ޒާހިރު އެ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައާ ގުޅިގެން ދައުލަތާ ސުވާލުތަކެއް ކުރިިމަތިކޮށްފައެވެ. އެ ގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްސަލަ ތަހުގީގު ކުރޭތޯއާއި، އެ ފަރާތްތަކަށް އެއްވެސް ދައުވާއެއް ކުރުމަށް ނިންމާފައިވޭތޯ ވެސް އެކަމަނާ ސުވާލު ކުރައްވައިފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެސްއޯއެފްއަކީ އެ މައްސަލައިގައި ހިމެނޭ ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކުރި އެއް ފަރާތް ކަމަށާއި އެންމެ ފުރަތަމަ އެ މައްސަލަ އޭސީސީން ތަހުގީގު ކުރިއިރު އެސްއޯއެފްގައި ޝާމިލްވާ ފަރާތްތައް ރާއްޖޭގައި ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ ގިނަ  ފައިސާ ދައުރުކޮށްފައިވާ މައި ކުންފުނި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން ފީޖީ އޮފީހާ ގިނަ ސުވާލުތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ކުރިމަތިކުރި ބައެއް ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، މުޅި އެމްއެމްޕީއާރްސީ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ނޫން ކަމަށާއި ދައުލަތުގެ ފަރާތުން ޝަރީއަތުގައި ދެންނެވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ޓްރާސްސެކްޝަނާ ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް