Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި

މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި

މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑީ.އޭ.އެސް.އޭ)އިން ފޮނުވި ސާކިއުލާ އެއްގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުން ހޯދުމުގައި ދަތިކަން މެދުވެރިވާކަމުގެ މައުލޫމާތު އެ އެޑްމިނިސްޓްރޭޝަނަށް ލިބެމުންދާ ކަމަށެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ޙުސެއިން ނަޒީފު ސޮއި ކުރައްވައި ފޮނުއްވައިފައިވާ މި ސާކިއުލާގައި އިތުރަށް ވިދާޅުވެފައި ވަނީ، އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުން ހޯދުމުގައި މެދުވެރިވާ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތިރީގައިވާ ޑޮކިއުމެންޓުތައް، މުއްދަތު ހަމަވެފައިވީ ނަމަވެސް ބޭނުން ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

▪︎ ޕާސްޕޯޓު
▪︎ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
▪︎ ލައިސެންސް ކާޑު
▪︎ އެއާޕޯޓު ސެކިއުރިޓީ ފާސް
▪︎ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް.

އެ ސާކިއުލާގައި ވިދާޅުވެފައިވާ ގޮތުގައި، މި ޑޮކިއުމެންޓުތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ، ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރު ކުރައްވާ ފަރާތްތަކުން އެއާލައިން ޓިކެޓު ގަތުމަށާއި، އެއާލައިނަށް ޗެކް-އިން ކުރުމަށާއި އަދި ސެކިއުރިޓީ ޗެކްޕޮއިންްޓުތަކުން ކާކުކަން ދެނެގަތުމަށް ޓަކައި މި ލިޔުންތައް ބޭނުން ކުރެވޭނެ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް