Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ގޮވައިލައިފި

ރާއްޖޭގައި  އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ގޮވައިލައިފި

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިސް ތަޅުމުގައި ގޮވައިލައްވައިފިއެވެ.

މިއަދު ކުރިޔަށްދާ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މާތްالله ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި ދީނީ މިނިވަންކަން ރާއްޖޭގައި ދިނުމަކީ އިސްލާމް ދީނާ ޚިލާފު ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އެކިއެކި ގޮތްގޮތުން މި ރާއްޖެ އައިސް ތިބި މީހުން. މިއަދު އަޅުގަނޑުމެން ކިތަންމެ ރީތި ވިޔަސް, ރަން ވިދާ ހެދުމާއި, އެއްޗެހި ލިޔަސް އަޅުގަނޑުމެން ތަހުޒީބު ވާން އެބަ ޖެހޭ. ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެއޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޖާބިރުގެ މި ވާހަކައާ މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ އިސް މަގާމެއްގައި ހުރި ބޭފުޅަކު ރާއްޖޭގެ ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް