Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ހިޔާ ފްލެޓް އެޅި އިރު އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވުމުން މަލީޙްގެ ފާޑުކިޔުން ސަރުކާރަށް

ހިޔާ ފްލެޓް އެޅި އިރު އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވުމުން މަލީޙްގެ ފާޑުކިޔުން ސަރުކާރަށް

ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޚިދުމަތްތައް ކަށަވަރުކޮށް ނުދެވި ރައްޔިތުން ނިކަމެތިވަމުންދާއިރު ވެސް މިކަމުގެ ޒިންމާ ނަގާނެ މީހަކު ނެތްތޯ ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ސުވާލު ކުރައްވައިފިއެވެ.

މަލީޙް މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަަށް ބަހުގެ ހިދުމަތް އަދިވެސް ފަށާފައި ނުވާތީ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ކޮނޑަށް ލައިގެން އޭނާގެ މަންމަ ދާ މަަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެފައި ވަނިކޮށެވެ.

މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެޖޯރިޓީ ދީފިއްޔާ ޤައުމުގައި ހުރި ހުރިހާ މައްސަލައެއް ހައްލުކޮށް ދޭނަމޭ ވަޢުދުވި ބޭފުޅުން މިއަދު ނުފެންނަ ކަމަށެވެ. އަދި “ރައްޔިތުން ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލު ކުރި އިރު ދެން ފުރިހަމަކޮށްދޭން ޖެހޭ އަސާސީ ޚިދުމަތް ފޯރުކޮށް ނުދެވުމުގެ ޒިންމާ ނަންގަވާނެ ބޭފުޅަކު ނެތީތޯ؟ 65 ގޮނޑި މަދީތޯ؟” މަލީޙް ސުވާލު ކުރެއްވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/maleehjamal/status/1443131079083188224?s=21

މީސް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް ކުޑަ ކުއްޖަކު ކޮނޑަށް އަރުވައިގެން ހިނގައިފައި ވަރަށް ބާރަށް ދާ މަންޒަރެވެ. އަދި ވަކި ހިސާބަކަށް ދިއުމަށް ފަހު އަންހެން މީހާ ވަނީ ކުއްޖާ ކޮނޑުން ބާލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް