ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭ ލެވެލްއަށް ކިޔަވައިދޭން ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭ ލެވެލްއަށް ކިޔަަވައިދޭން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރީން ވަނީ އަލަށް އޭ ލެވެލް ފަށަން ތިން ސްކޫލަކަށް ހުއްދަ ދީފައެވެ. އެއީ ގއ. ދާންދޫ، އއ. ތޮއްޑޫ އަދި ވ. ކެޔޮދޫ ސްކޫލުގައެވެ.
މީގެ ތެރެއިން ކެޔޮދޫ ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މިއީ ވ. އަތޮޅުގައި ވެސް މަތީ ސާނަވީއަށް ކިޔަވައިދޭ ފުރަތަމަ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އެ ރަސްމިއްޔާތުގައި ކެޔޮދޫ ސްކޫލުގެ ވެރިންގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފްގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކެޔޮދޫ ސްކޫލުން މިދިޔަ އަހަރު ސާނަވީ އިމްތިޙާން ނިންމި ދަރިވަރުން ހޯދި ނަތީޖާ ފާހަގަކުރުން ވެސް ކުރިޔަށް ދިޔައެވެ.
އެ ތިން ސްކޫލާއެކު މިވަގުތު 34 ސްކޫލެއްގައި، އަންނަނީ އޭ ލެވެލްއަށް ކިޔަވައިދެެމުންނެވެ.