މިއަދުގެ ސަރުކާރޭ ބުނުމުން ހުޅުވިގެންދަނީ ޣައްދާރުންތަކެއްގެ ޞަފްޙާތަކެއް: އަދުރޭ
މިއަދުގެ ސަރުކާރޭ ބުނުމުން ހުޅުވިގެންދަނީ ޣައްދާރުންތަކެއްގެ ޞަފްޙާތަކެއްކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ފަށާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ކެމްޕޭން އިފްތިތާޙް ކުރުމަށް ކާނިވާ ސަރަޙައްދުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އަވައްޓެރި އިންޑިއާއަށް ދިވެހި ދައުލަތުގެ ހުރިހާ ބާރަކާއި ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތެއް މި ސަރުކާރުން ވަނީ ދީފައި ކަމަށެވެ.
"ދިވެހި ރާއްޖޭގެ ކަނޑުއަޑީގެ މައުދަންތަކާއި، ޤުދުރަތީ މުއްސަނދިކަން ހުރި މިންވަރު ބެލޭނެ ކުރެހުންތައް ކުރަހައި، އެ ކުރެހުންތައް އިންޑިއާގައި ރައްކާކުރުމުގެ ހުއްދަ ވަނީ ދީފަ. ދިވެހި ދައުލަތުގެ ވައިގެ ސަރަޙައްދާއި ކަނޑުގެ ސަރަޙައްދާއި ބިމުގެ ސަރަޙައްދުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް މިވަނީ އިންޑިއާ ސަރުކާރަށް ދޫކޮށްލާފައި" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ އޭގެ މާނައަކީ ދިވެހި ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންްޓްރޯލު މިއަދު އިންޑިއާއަށް ދީފައިވުން ކަމަށެވެ.
"ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަށް ނޭނގޭ މިޤައުމުގެ ސިއްރުތައް މިއަދު އެނގެނީ އިންޑިއާއަށް. ދިވެހި ކޮންމެ ރައްޔިތަކު ފޯނުން ދައްކާ ވާހަކަ، އިންޓަނެޓުން ކުރާ މުއާމަލާތް ބެލޭނެ އިންތިޒާމު ވަނީ އިންޑިއާގެ އެމްބަސީގައި ހަމަޖައްސައިފައި." އަދުރޭ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އަދުރޭ އިތުރަށް ވިދާޅުވީ، މިއީ ދިވެހި ބިމާއި ފަސްގަނޑަށް އަދި ދިވެހި ރައްޔިތުންނަށް ރަހުމެއް ހުރި ބަޔަކު ކަންތައް ކުރާނެ ގޮތެއް ނޫން ކަމަށެވެ.
ޓިނުވަގު
ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަށް ނޭނގޭ މިޤައުމުގެ ސިއްރުތައް މިއަދު އެނގެނީ އިންޑިއާއަށް. ދިވެހި ކޮންމެ ރައްޔިތަކު ފޯނުން ދައްކާ ވާހަކަ، އިންޓަނެޓުން ކުރާ މުއާމަލާތް ބެލޭނެ އިންތިޒާމު ވަނީ އިންޑިއާގެ އެމްބަސީގައި ހަމަޖައްސައިފައި.މިއީ ދިވެހި ބިމާއި ފަސްގަނޑަށް އަދި ދިވެހި ރައްޔިތުންނަށް ރަހުމެއް ހުރި ބަޔަކު ކަންތައް ކުރާނެ ގޮތެއް ނޫން
މިކަން ގަބޫލް ކުރާދިވެހިން ވެސް އެބަތިބި