ޚަބަރު

"ދަ ކަޕިލް ޝަރްމާ" ޝޯއަށް ސިއްދޫ އަނބުރައި އަންނަން ބޭނުން ނަމަ އަރްޗަނާ ވަކިވާން ތައްޔާރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ނަން މަޝްހޫރު ކޮމެޑީ ޝޯއެއް ކަމަށްވާ "ދަ ކަޕިލް ޝަރްމާ" ޝޯއަށް، އެ ޝޯގެ އެންމެ ފުރަތަމަ ގެސްޓް ޖަޖް ނަވްޖޯތު ސިންގު ސިއްދޫ އެނބުރި އަންނަން ބޭނުން ނަމަ، ގެސްޓް ޖަޖެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ އަރްޗަނާ ޕޫރަން ސިންގ ހުރީ ޝޯއިން ވަކިވާން ތައްޔާރަށް ކަމަށް އޭނާ ބުނެފިއެވެ.

Ads by MWSC

ކްރިކެޓުގެ ދާއިރާގައި ކުރިން ނަން މަޝްހޫރު ސިއްދޫ ފަހުން ވަނީ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ދާއިރާ ދޫކޮށް ސިޔާސީ މައިދާނާ ގުޅިފައެވެ. ނަމަވެސް ޕަންޖާބް ކޮންގްރެސް ޗީފްގެ މަގާމުން މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދިނުމުން، ސިއްދޫގެ ގިނަ ފޭނުން މިހާރު އެނގެން ބޭނުންވާ އެއް ކަމަކީ، ސިއްދޫ އަލުން ކަޕިލް ޝަރްމާ ޝޯއާ ގުޅޭނީތޯއެވެ.

މިކަމާ ގުޅޭގޮތުން ނޫހަކަށް މައުލޫމާތު ދެމުން އަރްޗަނާ ބުނީ އެ ޝޯއަށް އަނބުރާ އަންނަން ސިއްދޫ ބޭނުން ނަމަ، އޭނާ ހުރީ އެ ޝޯއިން ވަކިވާން ތައްޔާރަށް ކަމަށެވެ. އޭގެ ފަހުން އޭނާއަށް ނުނިންމި ހުރި ފިލްމުތަކުގެ ޝޫޓިންގެ މަސައްކަތްތައް ނިންމާނެ ކަމަށް ވެސް އަރްޗަނާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!