އެމްޑީޕީ މެމްބަރުން ވަނީ ޕާޓީ ސަލާމަތް ކޮށްދެއްވައިފައި: މޫސަ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމްޑީޕީ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފިކުރަށް ވޯޓުދިން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ބައެއްގެ ބުރަމަސައްކަތާއި ޤުރުބާނީ، އަދި އެތައް އަނިޔާއެއް ތަޙައްމަލުކޮށް އަނިޔާއިން މިންޖު ވެވޭތޯ އަޑު އުފުލި ޚިދްމަތްތެރިން ބަދުނާމުކޮށް މަދު ބަޔަކަށް ޕާޓީގެ ބައިތުލްމާލު ދީގެން ވެރިކަންކުރި ޒަމާން އެމްޑީޕީއަށް މާޒީވެ ހިނގައްޖެ ކަމަށެެވެ.
މޫސަ ވަނީ އެމްޑީޕީ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފިކުރަށް ވޯޓު ދިންކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެމްޑީޕީ ސަލާމަތް ކޮށްދޭން ވޯޓު ދެއްވި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ޕާޓީން ބުނެއެވެ. ނަމަވެސް ވޯޓް ލައިފައި ވަނީ 47،100 މީހުންނެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއިން ވޯޓުލައިފައި ވަނީ 4097 މީހުންނެވެ.






ކޮމެންޓް